ކުޅިވަރު

ޕީއެސްޖީ މޮޅުވެ ދެވަނަ ބުރަށް


ފްރެންޗް ކަޕްގައި ސައޭން އަތުން މޮޅުވެ ޕީއެސްޖީ މުބާރާތުގެ ދެވަނަ ބުރުން ޖާގައި ހޯދައިފިއެވެ. މުބާރާތުގެ ފަހު 32 އިން ޕީއެސްޖީ ޖާގަހޯދީ ރަށުން ބޭރުގައި ސައޭން ވާދަކޮށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.

މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި އެވަޓަންއިން ޕީއެސްޖީއާ ގުޅުނު މޮއެސް ކީންއެވެ. މިއީ މި ސީޒަނުގައި ޕީއެސްޖީއަށް އޭނާ ކާމިޔާބުކޮއްދިން 12 ވަނަ ލަނޑެވެ. މިމެޗުގައި ޕީއެސްޖީއަށް ދިމާވި އެންމެ ބޮޑު ނުތަނަވަސް ކަމަކީ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަނީޔާވުމެވެ. ޕީއެސްޖީ އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސެލޯނާއާ ދެކޮޅަށެވެ.

މިވަގުތު ލީގުގެ އެއްވަނާގައި އޮތް ލިލޭ އިތުރުން މޮނާކޯ އާއި މާސޭ ވެސް ރޭގައި މުބާރާތުގައި ހޯދި މޮޅާއެކު ވަނީ ދެވަނަ ބުރުން ޖާގަހޯދާފައެވެ.