ކުޅިވަރު

ޔުނައިޓެޑު ގަދަ ސޯޅައަށް


ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދަ ސޯޅައިން ޖާގާހޯދައިފިއެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ރެއާލް ސޮސިއެދާދާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޔުނައިޓެޑު އަނެއް ބުރަށް ދިޔައީ އެގްރިގޭޓަށް ބަލާއިރު 4-0 އިން ކުރިހޯދައިގެންނެވެ. ސޮސިއެދާދަށް ލަނޑު ޖަހައިދޭން ރޭ އެ ޓީމުގެ ކެޕްޓަން މިކޭލް އޮޔާޒަބަލް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް، ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ.

ޔުނައިޓެޑްގެ އެކްސެލް ޓުއަންޒޭބޭ ދެ ވަނަ ހާފުގައި ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ. ލެސްޓާ ސިޓީ އާއި ސްލާވިއާ ޕްރާގުގެ ފުރަތަމަ ލެގުގެ މެޗު ލަނޑެއް ނުޖެހި އޮތީ އެއްވަރުވެފައެވެ. ލެސްޓާ ކެޓީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ބަލިވުމުންނެވެ.

ރޭ ޔޫރޮޕާ ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ނަޕޯލީ ދަނޑުގައި 2-1 އިން ބަލިވި ނަމަވެސް ސްޕެއިނުގެ ގްރަނާޑާ ވަނީ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި އަނެއް ބުރުން ފުރުސަތު ހޯދައިފައެވެ. އަޔަކްސް އިން 2-1 އިން ފްރާންސްގެ ލިލް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި 1-1 އިން ސާބިއާގެ ރެޑްސްޓާއާ އެއްވަރުކޮށް މިލާން ވެސް ވަނީ އެގްރިގޭޓުން ކުރިހޯދައި އަނެއް ބުރުން ފުރުސަތު ހޯދައިފައެވެ.