ކުޅިވަރު

މުސިއާލާ އިޚުތިޔާރުކުރީ ޖަރުމަން


އިންގްލެންޑުގެ ބަދަލުގައި ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ބަޔާން މިއުނިކުގެ ޒުވާން ތަރި ޖަމާލް މުސިއާލާ ނިންމައިފިއެވެ.

ޖަރުމަނަށް އުފަންވި ނަމަވެސް، އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ މުސިއާލާ ވަނީ އުމުރުން ހަތް އަހަރުގައި އިންގްލެންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއަށްފަހު ޗެލްސީ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު އޭނާ ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޔޫތު ފެންވަރުގައި އިންގްލެންޑާއި ޖަރުމަނަށްވެސް މީގެ ކުރިން މުސިއާލާ ކުޅުނުއިރު، އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ އިންގްލެންޑުގެ 15 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ޓީމަށެވެ. އަދި އޭގެ ފަހުން ޖަރުމަނުގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު ނަމަވެސް، ފަހުން އަނެއްކާވެސް ވަނީ އިންގްލެންޑުގެ 17 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ.

މުސިއާލާއަށް އަންގާރަ ދުވަހު 18 އަހަރު ފުރޭނެއެވެ. މީޑިއާގައި އޭނާގެ ނަން ގަދަވެގެންދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ލާޒިއޯ އަތުން 4-1 ގެ ނަތީޖާއަކުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖެހި ހިސާބުންނެވެ. އެ މެޗުގައި ޖެހި ލަނޑާއެކު އުމުރުން 17 އަހަރުގެ މުސިއާލާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ބަޔާނުގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މީޑިއާގައި އޭނާގެ ނަން ގަދަވެގެންދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ލާޒިއޯ އަތުން 4-1 ގެ ނަތީޖާއަކުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖެހި ހިސާބުންނެވެ. އެ މެޗުގައި ޖެހި ލަނޑާއެކު އުމުރުން 17 އަހަރުގެ މުސިއާލާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ބަޔާނުގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ.