އަތޮޅުތައް

އަލިފުޅުތުއްތު ފައުންޑޭޝަނުން 6 ރަށެއްގައި މިސްކިތް ބިނާކުރަނީ


އަލިފުޅުތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން 6 ރަށެއްގެ މިސްކިތް ބިނާކުރުމާއި، ހއ. ހޯރަފުށީގައި ދެ ބުރީގެ ރަށްވެހިގެއެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންނަކާއި ހަވާލުކޮށްފިއެވެ. ސެންޓަރަލް ހޮޓެލްގައި މިކަމައްޓަކައި ބޭއްވި ރަސްމިއްޔާތުގައި  ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު ސޮއިކުރެއްވީ މިސްކިތް ބިނާކުރާ ރަށްރަށުގެ ކައުންސިލްތަކުގެ އިސްވެރިނެވެ. އެގޮތުން އައިމާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ، މުލަކަތޮޅު މުލަކުގައި 704 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށާއި، ރ. ހުޅުދުއްފާރުގައި 504 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އިތުރުން، ލ. މާމެންދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އމާރާތް ކުރުމަށެވެ. އަދި ހއ. ތަކަންދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތަކާއި، ށ. ކަނޑިތީމުގައި 704 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، ށ. ނަރުދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އިތުރުން، ހއ. ހޯރަފުށީގައި ދެބުރިއަށް ރަށްވެހިގެއެއް އިމާތާތްކުރުމަށް ހަވާލިކޮށްފައިވަނީ، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއިއެކުގައެވެ.މީގެ ތެރެިން ހަ މިސްކިތަށް ހަތަރެއް ޕޮއިންޓް ތިނެއް މިލިޔަން ރުފިޔާ ޚަރަދުވާއިރު، ހއ. ހޯރަފުށީ ރަށްވެހިގެ އިމާރާތް ކުރުމާއެކު މުޅި ހަތް ޕްރޮޖެކްޓަށް ފަހެއް ޕޮއިންޓް ދޭންމިލިޔަން ރުފިޔާ ވަނީ ކަނަޑައަޅާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒިޔާދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށްޓައި އަމިއްލަ މުއައްސަސާއަކުން މިފަދަ އެހީއެއް ވެދިނުމަކީ ވަރަށް އުފާކުރައްވާކަމެއްކަމަށާއި، މިސްކިތް ފަދަ ތަންތަން ބިނާކުރުމަށް ކުރެވޭ މިފަދަމަސައްކަތަގެ ސަބަބުން އެކަން ކުރާފަރާތަށްވެސް ވަރަށް މާތް ސަވާބުލިބިގެންދާނެ ކަންކަން ކަމުގައި ވިދާޅުވި.  އަދި މާތް މަގުސަދެއްގައި މިސްކިތްތައް ބިނާކުރެވިގެންދާއިރު، ރަށްރަށުގެ ކައުންސިލްތަކުން މިސްކިތްތަށް ހެޔޮގޮތުގައި ބެލެހެއްތެވުމަށް މިނިސްޓަރވަނީ ގޮވާލަށްވާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަލިފުޅުތުއްތު ފައުންޑޭޝަންގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، އެފައުންޑޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަފާތު ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު، މިސްކިތްތަށް ބިނާކުރުމަށް ހުރިހާ ގޮތްތަކުންވެސް ފަސޭހަކަމަށެވެ.  މިސްކިތްތަކުގެ އިތުރުން އަލިފުޅުތުއްތު ފައުންޑޭޝަނުން ރާއްޖޭގެ އެކިރަށްތަކުގެ އުމްރާނީ ތަރއްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދޭ. އެގޮތުން މިއަހަރު ކުރީކޮޅު އެފައުންޑޭޝަނުން ފެށި ހއ. ތުރާކުނު ނަރުދަމާގެ ނިޒާމްގެ މަސައްކަތް މިހާރުވަނީ ނިމި ބޭނުންކުރަން ތައްޔާރުވެފައެވެ.