އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި ބޯޅަ މުބާރާތް
ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ
ފުރުޞަތު ހުޅުވާލައިފިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަދު
އެސްޓީއޯ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އެސްޓީއޯ
ވެބްސައިޓުންނާއި، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރައިން ލިބެން ހުންނާނެކަމަށެވެ.ނެޝަނަލް ބަށިބޯލް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ މި
މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އަދި ދެވަނައަށް ދާ ޓީމަކަށް ފަންސާސް
ހާސް ރުފިޔާ ވަނީ ހުށައަޅާފައިވެއެވެ.