ކުޅިވަރު

އިންޓަރ އޮފީސް ފުޓްސެލް މުބާރާތް ރޭ ކުޅުދުއްފުށީގައި ފަށައިފި


ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގެ ސަރުކާރު މުއައްސަސާތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަރ އޮފީސް ފުޓްސެލް މުބާރާތަކާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ އަންހެން ފުޓްސެލް މުބާރާތް ރޭ ކުޅުދުއްފުށީގައި ފަށައިފިއެވެ.

"ޒެޑް.އެޗު ކޮންސްޓްރަކްޝަން ހިރަފުސް އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖު 2021" ނަމުގައި ކުރިއަށްގެންދާ އިންޓަރ އޮފީސް ފިރިހެން ފުޓްސެލް މުބާރާތުގައި ރޭ ފުރަތަމަ ކުޅުނު މެޗްގައި ބައްދަލުކުރީ ޓީމް ޕަބްލިކްވޯކްސް އާޢި ޓީމް އޭއީސީއެވެ. މިމެޗް 7-1 ލަނޑުން ކާމިޔާބުކުރީ ޓީމް ޕަބްލިކްވޯކްސްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ޕަބްލިކް ވޯކްސްގެ އަބްދުﷲ އަލީއެވެ.

މިމުބާރާތުގެ ރޭ 2 ވަނަ އަށްކުޅުނު މެޗްގައި ބައްދަލުކުރީ ކުޅުދުއްފުށީ ޕޮލިސް އަދި އެސްޓިއޯ އެސްއާރުސީއެވެ. މިމެޗް 1-1 ލަނޑުން ވަނީ އެއްވަރުވެފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޕޮލިސްޓީމްގެ އަހުމަދު ގާސިމްއެވެ.

އޮފީސް މުވައްޒަފުންގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މިމުބާރާތުގައި ކުޅުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. މި މުބާރާތުގައި އެއް މުވައްސަސާއަކުން ނުވަތަ އެއްކުންފުންޏަކުން އެއްޓީމަށްވުރެ ގިނަޓީމް ބައިވެރިކުރެވިދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޒެޑް.އެޗު ކޮންސްޓްރަކްޝަންއެވެ.

މިމުބާރާތުގެ ފިރިހެންޑިވިޝަންގައި 14 ޓީމް ބައިވެރިވެފަވެއެވެ. މިމުބާރާތުގެ ޗެންޕިއަންޓީމަށް 8000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅާފައެވެ.

"ފަލަކް ކަނބުލޮ ހިރަފުސް ފުޓްސެލް ޗެލެންޖު 2021" ނަމުގައި އަންހެނުންނަށް ބާއްވާ ފުޓްސެލް މުބާރާތުގައި ރޭކުޅުނު މެޗްގައި ބައްދަލްކުރީ ޓައިޓަންސް އާއި އަފީފުއްދީންސްކޫލް އެސް އާރުސީއެވެ. މިމެޗް 1-0 ލަނޑުން ކާމިޔާބުކުރީ އަފީފުއްދީން އެސްއާރުސީއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އަފީފުއްދީން އެސްއާރުސީގެ ސަމީމާ ހުސެއިންއެވެ.

އަންހެން ފުޓްސެލް މުބާރާތުގައި ކުޅެވޭނީ 01 ފެބުރުވަރީ 2021 ގެ ކުރިން ކުޅުދުއްފުށީގައި ރަށްވެހި ވެފައިވާ ކުޅުންތެރިންނަށެވެ. އަދި ކުޅުންތެރިޔާއަކީ ކުޅުދުއްފުށީގެ ސަރުކާރު މުއައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފެއްނަމަ މިމުބާރާތުގައި ކުޅެވޭނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

މިމުބާރާތުގައި އަންހެން 6 ޓީމްވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ޗެންޕިއަން ޓީމަށް 7000ރުފިޔާ އަދި ރަނަރަޕް ޓީމަށް 2000ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަންހެން ޑިވިޝަން ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.

އަހުއްޓޭ

ބޮޑުއާބާދީއެއްގައި މޮޅެތިކުޅުންތެރިންނެއް ރަސެއް ތިނޫނީނެއް....އެކަންއެގި މިފަހަރު ކުޅުންތެރިންބޭރުން ނުލެވޭގޮތައްހެދީ....