ތޭރަވަނަ ސްވިމިންގެ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ސޯޅަ
އަހަރުން މަތީގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ލޫތު އިސްމާޢީލް ޝަފީގް
އަދި އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް އަލްޔާ އަލީ ރަޝީދް ހޮވިއްޖެއެވެ. 
 
ސޯޅަ އަހަރުންދަށުގެ ފިރިހެން އެންމެ މޮޅު
ފެތުންތެރިއަކަށް މުބާލް އައްޒާމް އިބްރާހީމް ހޮވިފައިވާއިރު، އަންހެން އެންމެ
މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ ފާތިމަތު ޒުހާ ޒިހާދުއެވެ. 
 
 މިމުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން އެންމެ
މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ އަލީ އީމާންއެވެ. އަދި މިއުމުރުފުރާގެ އަންހެން
އެންމެ މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ އަންމާޢު އަހުމަދު ސަލީމްއެވެ.
 
12 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން
ފެތުންތެރިއަކަށް ހޮވިފައިވަނީ ހަސަން ޒާއިން، މިއުމުރުފުރާގެ އަންހެން އެންމެ
މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ އައިޝަތު ހުލްވާއެވެ. 10 އަހަރުން ދަށުގެ
ފިރިހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ އަހުމަދު އަލާން އަލީ އެވެ. 
އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވިފައިވަނީ ޖުމެއިރާ އާމިނަތު އާމިރުއެވެ. 
 
މިދިޔަ މަހުގެ 21ން 24ގެ ނިޔަލަށް ކުރިއަށްދިޔަ
މިމުބާރާތުގައި 73 އަންހެން ފެތުންތެރިންނާ 78 ފިރިހެން ފެތުންތެރިން
ބައިވެރިވެފައިވެއެވެ.