އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ރޮޖަރ ފެޑްރާ
އޭނާ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗްއާއި
ދެކޮޅަށް ކުޅުނު މެޗް ސްވިޒަލެންޑްގެ ރޮޖަރ ފެޑްރާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
މެޗުގެ ސެޓުތައް ފެޑްރާ ގެންދިޔައީ ހަޔެއް ހަތަރެއް އަދި ހަޔެއް ދޭކުންނެވެ. މީ ފެޑްރާ
އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ޖެހިޖެހިގެން ވާދަކުރާ ސާދަވަނަ ފަހަރުކަން
ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ފެޑްރާ ކުޅޭ ދެވަނަ މެޗުގައި އޭނާ ނިކުންނާނީ
ދުނިޔޭގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗާއި ދެކޮޅަށެވެ. ޖޮކޮވިޗްވަނީ ޖަޕާންގެ ކެއި ނިޝިކޯރީއާއި
ވާދަކޮށް ފަސޭހަކަމާއިއެކު ކުރި ހޯދާފައެވެ. މެޗުގެ ސެޓުތައް ޖޮކޮވިޗް ކާމިޔާބުކުރީ
ހަޔެއް އެކެއް އަދި ހަޔެއް އެކަކުންނެވެ.