ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް ކެންސަލްކުރަން ޖެހޭކަމަށް ގަބޫލުނުކުރަން




    މިދިޔަ ހަފްތާ ބަންދުގައި ފްރާންސްގެ ވެރިރަށް
ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އަންނަ އަހަރު ފްރާންސްގައި
ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކެންސަލްކުރަން ޖެހޭކަމަށް
ގަބޫލުނުކުރާ ކަމަށް ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ފްރާންސްގައި
މިދިޔަ ހޮނިހިރު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ސަތޭކަ ތިރީސް ދެ މީހުން
މަރުވެ ތިންސްތޭކަ ފަންސާހަށްވުރެން ގިނަ މީހުންވަނީ މަރުވެފައި. އަންނަ އަހަރުގެ
ޖޫން މަހުގެ ދިހަޔަކުން ޖުލައި ދިހަޔަކަށް ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީގައި ހިމެނޭ ޖެކުއެސް ލަމްބާޓް ބުނީ
މި ހަމަލާއާއި ގުޅިގެން ގައުމު ކިތަންމެ ނާޒުކު ހާލަތެއްގައި އޮތްކަމުގައިވިޔަސް
އަންނަ އަހަރު އޮތް ޔޫރޯ ނުބާއްވަން އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. އޭނާ ބުނީ
ޔޫރޯ އަންނަ އަހަރު ބޭއްވިގެންދާނީ ސަލާމަތީގޮތުން އެންމެ އެކަށޭނަ މާހައުލަކަށް
ފްރާންސް ހެދުމަށްފަހުގައި ކަމަށާއި، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ
ކުޅުންތެރިންނަށް ފުރިހަމަ ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ.

ފްރާންސްގެ
ސްޓޭޑިއަމްގެ ސެކިއުރިޓީއަށް ފުރިހަމައަށް އިތުބާރުކުރާކަމަށާއި، ސަލާމަތީ އެއްވެސް މައްސަލައެއް ދިމާނުވެ މުބާރާތް ނިންމާލެވޭނެކަމުގެ
ފުރިހަމަ އިތުބާރު އެބައޮތްކަމަށް ލަމްބާޓް ބުންޏެވެ. ޕެރިހުގައި ދިން ޓެރަރިސްޓް
ހަމަލާގެ ސަބަބުން ފްރާންސްގައި މިދުވަސްކޮޅު ކުރިއަށްދާ ގިނަ ކުޅިވަރު
ހަރަކާތްތަކެއްވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.