ކޯވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.
އުރީދޫން މޯލްޑިވްސްއިންވަނީ މިފެށޭ ޖޫންމަހުގެ 2 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތަޢާރަފްކޮށްފައިވާ އޮފާތަކުގެ ތެރޭގައި ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ އާއި ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާއާއި، ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން ހިމެނެއެވެ. މި އެޑް-އޮންތައް އުރީދޫގެ "ވަރަށް ތަފާތު"،
"އެކު ޕޯސްޓްޕެއިޑް"ގެ އިތުރުން "އާޗާ ޕޯސްޓްޕެއިޑް" ބޭނުންކުރާ ފަރާތްތަކަށްވެސް ލިބޭނެ ކަމަށް އުރީދޫއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މަހުން މަހަށް ޕޯސްޓްޕެއިޑް ޑޭޓާ ނަގާ ފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާއާއި ސޯޝަލް މީޑިއާއާއި ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާގެ އިތުރުން 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވޭނެ އިންތިޒާމްވެސް އުރީދޫންވަނީ ހަމަޖައްސާފައެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ "އެކު ޕޯސްޓްޕެއިޑް"، "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް"އަށް މިހާރު އަޕްގްރޭޑްކޮށްލެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އުރީދޫން މިއަދު ތަޢާރަފްކުރި މިއޮފަރތަކުގެ ތެރޭގައި އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް ދުވާލަކު 2ޖީބި ލިބިގެންދާނެ ކަމަށާއި، މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާއާއި ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވޭނެ ކަމަށްވެސް އުރީދޫން މަޢުލޫމާތު ދެއެވެ.
އުރީދޫންވަނީ ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފެތުރުމުގެ އިތުރުން ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ މިހާލަތުކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އުރީދޫ އިން މަސައްކަތްކުރަމުން ދާނެ ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.