ދުނިޔެ

ފަރަންސޭސިވިލާތުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށަނީ


ފަރަންސޭސިވިލާތުގެ ޕެރިހުގައި ބާއްވަން ހަމަޖެހިފައިވާ މޫސުމީ ބަދަލާ ބެހޭ އދ. ގެ ބައިނަލްއަޤްވާމީ ބައްދަލުވުމުގެ ކުރިޔަށް ޕެރިހުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފިއެވެ.ކޮންފަރެންސް އޮފް ޕާރޓީސް - ކޮޕްގެ 21 ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ޕެރިހުގައި ފަށަން ހަމަޖެހިފައިވާއިރު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަމާޒުކޮށް އެޤައުމުގެ ސަރުކާރުން މިހާރު ވަނީ އިތުރު 8000 ސިފައިން އެޤައުމުގެ މަގުތަކުމައްޗަށް ނެރުމަށް ނެރުމަށް ނިންމާފައެވެ. އައިއެސް ޖަމާޢަތުން ޕެރިހުގެ އެކި ސަރަހައްދުތަކަށް މިހިނގާ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާތަކުގައި 130 މީހުން މަރާލި ހާދިސާއަށްފަހު އެޤައުމު އާއްމު ޙާލަތަކަށް ގެނައުމަށް، އެޤައުމުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.މިހަމަލާތައް ދީފައި މިވަނީ އެޤައުމުގެ މަޖައްލާއެއްކަމަށްވާ ޝާލީ އެބްދޫގެ ބޭރުގަނޑުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނެއް ކުރެހި މައްސަލައިގައި އެމަޖައްލާގެ އޮފީހަށް ޖެނުއަރީ މަހު ދިން ހަމަލާއަށްފަހު އެޤައުމުގެ އަސްކަރީބާރުތަކުން ޕެރިހުގެ މުހިއްމު ހިސާބުތަކުގައި ފޯރިމަރަމުން ދަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.