ޚަބަރު

އިތުރު 4 އަހަރު ސޮން ޓޮޓްނަމްގައި މަޑުކުރަން ނިންމައިފި


އިތުރު 4 އަހަރު ސައުތް ކޮރެއާގެ ފޯވާޑް ސޮން ހުއެންގް މިން ޓޮޓްނަމް ހޮޓްސްޕާގައި މަޑުކުރުމަށް ނިންމައިފިއެވެ. މިއާއެކު 2025ވަނަ އަހަރު ސީޒަން ނިމެންދެން ސައުތް ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން ހުންނާނީ ޓޮޓްނަމްގައެވެ.

29 އަހަރުގެ ސޮން މިހާރުވެސް ވަނީ 6 އަހަރު ޓޮޓްނަމް ހޮޓްސްޕާއަށް ކުޅެފައެވެ. 2015ވަނަ އަހަރު ޖަރުމަންގެ ބަޔާން މިއުނިކްއިން ޓޮޓްނަމަށް ސޮން ބަދަލުވިފަހުން ޓޮޓްނަމަށް ކުޅެދިން 280 މެޗުގައި އޭނާވަނީ 107 ގޯލު އެޓީމަށް ޖަހާދީފައެވެ. ޓޮޓްނަމާއެކު އިތުރު 4 އަހަރު މަޑުކުރަން ނިންމުމަށްފަހު ސޮން ބުނީ މިއީ ވަރަށް ފަސޭހަ ނިންމުމެއްކަމަށާއި އިތުރު ވިސްނުމަކަށް ދާން ޖެހިފައިނުވާކަމަށެވެ. ޓޮޓްނަމްގައި ހުރީ ހިތްހަމަޖެހިގެންކަމަށާއި ފާއިތުވެގެންދިޔަ 6 އަހަރު ކުލަބާއެކު ހޭދަކުރެވިފައިވަނީ ވަރަށް ކާމިޔާބު ދުވަސްތަކެއްކަމަށްވެސް ސޮން ބުންޏެވެ.

ބަޔާން ލެވަކޫސެން ދޫކޮށް 2015ވަނަ އަހަރު 22 މިލިޔަން ޕައުންޑަށްޓޮޓްނަމާ ގުޅުނު ފޯވާޑް، ސޮން ހުއެން މިންވަނީ އޭނާގެ ޤައުމު ސައުތު ކޮރެޔާއަށް 93 މެޗު ކުޅެދީ 27 ގޯލު ޖަހާދީފައެވެ.

ޓޮޓްނަމާއެކު މާބޮޑު ކާމިޔާބީއެއް ސޮންއަށް ހޯދިފައިނުވިނަމަވެސް 2018-2019ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއްކޮޅުން ޓޮޓްނަމް ކުޅެފައެވެ. އެއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހަމައަށް ޓޮޓްނަމް ދިއުމުގައި ސޮންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޤައުމީ ޓީމާއެކު ސޮންވަނީ ރަން މެޑަލެއް ހޯދާފައެވެ. އެއީ 2018ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުންނެވެ.