ވިޔަފާރި

ވިސްތާރާ އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ އިންޑިއާގެ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނައިރު އެޤައުމާއި ރާއްޖެއާ ދެމެދު ގިނަ އެއަރލައިންތަކަކުން ދަނީ ދަތުރުތަށް ބާއްވަމުންނެވެ. އެގޮތުން އެއަރ އިންޑިއާ، ގޯ އެއަރލައިން އަދި ސްޕައިސް ޖެޓުން އަންނަނީ ރާއްޖެއަށް ދަތުރުތަށް ބާއްވަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންއެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %20.5އަކީ އިންޑިއާ ފަތުރުވެރިންނެވެ.