ކުޅިވަރު

ބިލީވް އިޓް، އެޗީވް އިޓް ކެމްޕެއިން އިފްތިތާޙްކުރުން


ބިލީވް އިޓް، އެޗީވް އިޓް ކެމްޕެއިން ލޯންޗުކޮށްފިއެވެ. ބިލީވް އިޓް، އެޗީވް އިޓް ކެންޕޭނަކީ ހަށިހެޔޮ ދުޅަހެޔޮ މި ޝިޢާރުގެ ދަށުން ސުކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ޤައުމަށް ރީތި ނަން ހޯދައިދިނުމުގައި ކުޅިވަރު އެތުލީޓުން ކުރެއްވި ބުރަ މަސައްކަތާއި ޤައުމަށް ރީތިނަން ހޯދައިދިނުމަށް ސިކުނޑި ތައްޔާރުކުރުވާން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިކެމްޕެއިންގެ މީޑިއާ ޕަރޓްނަރަކަށް ހަމަސައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ބިލީވް އިޓް، އެޗީވް އިޓް ޕްރޮގްރާމް ކުރިއަށްދާނީ އެޑިއުކޭޝަން މިނިސްޓްރީއާގުޅިގެންނެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފައިވާ އެސޯސިއޭޝަންތަކަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނާއެކު މިޙަރަކާތް ހިންގުމަށް އެތުލީޓުންގެ ތެރެއިން ޙަސަން ސާޢިދާއެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެންޓަރ މައުރޫފް އަހުމަދުއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ހާލިދެވެ. މިނިސްޓްރީ އޮފް އެޑިޢުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާންއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ނައިބް ރައީސް އަހުމަދު ޝާކިރު މޫސާއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ޝިއުރީ އިބްރާހިމްއެވެ. އަދި އެތްލީޓްއެއްގެ ގޮތުގައި މިޕްރޮގްރާމްގައި ސޮއިކުރެއްވީ ޓޭބަލް ޓެނިސް ތަރި އައިޝަތު ރަފާ ނާޒިމްއެވެ.

މިހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެއްވައި އެންމެހައި ފަރާތްތަކަށް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުންވަނީ ޝުކުރުއަދާކޮށްފައެވެ.