ކުޅިވަރު

ފީފާ ރޭންކިންގެ 3ވަނައަށް އިންގްލެންޑް ޖެހިލައިފި


ނުވަ އަހަރަށްފަހު އިންގްލެންޑްއިން ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ ތިންވަނައަށް ޖެހިލައިފިއެވެ. ފިފާއިން ކޮންމެ މަހަކު އެއްފަހަރު ރޭންކިން ނެރެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ މައިޖަމިއްޔާ ނެރުނު ރޭންކިންއަށް ބަލާއިރު، ނިމިގެންިދޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅުނު އިންގްލެންޑުން ރޭންކިންގެ ތިންވަނައަށް ޖެހިލާފައިވާއިރު، މިއީ 2012ވަނަ އަހަރުގެ ފަހުން އެގައުމުން ރޭންކިންގެ ގަދަ ތިނަކަށް އެރި ފުރަތަމަ ފަހަރުއެވެ. އަދި މިހާތަނަށް އިންގްލެންޑަށް އެންމެ ކުރިއަށް ޖެހިލެވިފައިވަނީވެސް ރޭންކިންގެ ތިންވަނައަށެވެ.

މީގެ ކުރިން ފިފާއިން ނެރުނު ރޭންކިންގައި އިންގެލްޑް އޮތީ ހަތަރުވަނައިގައެވެ. ޔޫރޯގެ ފައިނަލްގައި އިޓަލީ އަތުން އިންގްލެންޑް ބަލިވިއިރު، މިއީ 1966ވަނަ އަހަރަށް ފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ. ނިމިގެންދިޔަ ޔޫރޯ ފައިނަލްގައި އިންގްލެންޑް ބަލިވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ފަހަކަށް އައިސް އިންގްލެންޑުން ރަގަނޅު ނަތީޖާތަކެއް ނެރެމުން ގޮސްފައިވާއިރު، މިއީ މިހާތަނަށް އިންގްލެންޑްގައި އޮތް އެންމެ ވަރުގަދަ ސްކޮޑްކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

ފީފާގެ ރޭންކިންގެ އެއްވަނައިގައި އޮތީ މީގެ ކުރިންވެސް އެ މަގާމުގައި އޮތް ބެލްޖިއަމެވެ. އަދި ދެވަނައިގައި ބްރެޒިލް އޮތްއިރު، ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. ރޭންކިންގެ ފަސްވަނައިގައި ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އޮތްއިރު، 6 ވަނައިގައި އޮތީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއެވެ. އަދި ޕޯޗުގަލް ހަތްވަނައަށް ކުރިއަށް ޖެހިލިއިރު، ސްޕެއިން ވަނީ އަށްވަނައަށް ވެއްޓިފައެވެ.