ޚަބަރު

އިތުރު 122 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 122 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 84،400އިން މައްޗަށް އަރައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑަށް އަލަށް ޕޮޒިޓިވްވި 122 މީހުންގެ ތެރޭއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 38 މީހުންނެވެ. ރަށްތަށުން 78 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 2 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 4 މީހަކުވެސް ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 84،484އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 1564 މީހުންނެވެ. އަދި އޭގެތެރެއިން 16 މީހުންނަށް ފަރުވާދެމުން ގެންދަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 109 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،676 އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4،119 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ވަނީ ނިޔާވެފައެވެ.