ވިޔަފާރި

މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް


މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީންގެ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 102،745 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %1137 އިތުރު އަދަދެކެވެ. އަދި ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 100،221 ފަތުރުވެރިންނާއި އަޅާ ބަލާއިރު %2.5 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް

  • ޖަނަވަރީ 92،103 ފަތުރުވެރިން
  • ފެބްރުއަރީ 96،882 ފަތުރުވެރިން
  • މާރޗް 109،585 ފަތުރުވެރިން
  • އޭޕްރީލް 91،200 ފަތުރުވެރިން
  • މެއި 64،613 ފަތުރުވެރިން
  • ޖޫން 56،166 ފަތުރުވެރިން
  • ޖުލައި 101،818 ފަތުރުވެރިން
  • އޮގަސްޓް 143،599 ފަތުރުވެރިން
  • ސެޕްޓެމްބަރ މަހުގެ 26ގެ ނިއލަށް 102745ފަތުރުވެރިން

މި ޢަދަދުތަކާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 85،8711 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4862 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު މިހާރު އިތުރުވަމުން އަންނައިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އުޅެނީ 3800ގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %22.9 އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %19.8އެވެ.