ކުޅިވަރު

މާޔޫސްނުވެ ޓީމަށް ސަޕޯޓްކޮށް ދިނުމަށް ކެޕްޓަން އެދިއްޖެ


ނޭޕާލް މެޗުން ބަލިވީ މެޗުން ނުކުޅެވިގެން ނޫންކަމަށް ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލް ޓީމުން ވަނީ ޤައުމީ ޓީމުގެ މައްޗަށް ފުރަތަމަ ފަހަރަށް ކާމިޔާބު ހޯދާފައެވެ. މިމެޗުން ރާއްޖޭގެ ގައުމީ ޓީމް ބަލިވިނަމަވެސް، ރާއްޖޭގެ ޓީމު ވަނީ މޮޅަށް ކުޅެފަ. އަދި ނޭޕާލްގެ ގޯލްށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް ރާއްޖެއިން އުފެއްދި އެއްވެސް ހަމަލާއެއް ގޯލަށް ބަދަލްކޮށްލެވޭ ގޮތެއް ވަނީ ނުވެފައެވެ.

ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ބުނީ މެޗްގައި މޮޅަށް ކުޅުނީ ރާއްޖޭގެ ޤައުމީޓީމު ކަމަށާއި އަދި ގިނަ ހަމަލާތައް ވެސް އުފެއްދީ ޤައުމީ ޓީމުކަމަށެވެ. ނަމަވެސް މެޗުން މޮޅު ނުވެވުނީ ނަސީބުވެސް އެހީތެރި ނުވުމުގެ ސަބަބުންކަމަށެވެ. މެޗުގައި ރާއްޖެއިން ވަރަށް ރަގަނޅަށް ޑިފެންސްކޮށްގެން ކުޅުނުކަމަށާއި ރާއްޖޭގެ ކޮޅަށް ނޭޕާލުން އުފެއްދި ގިނަ ހަމަތާލައްވެސް ރާއްޖޭގެ ކުޅުންތެރިން ދިފާއުކޮށްފައިވާއިރު، އެޓީމުން އުފެއްދި އެންމެ ނުރައްކާތެރި އެއް ހަމަލާ ދިފާޢުކުރުމުގައި މިސްޓޭކްތަކެއް ހެދުނީކަމަށް އަކްރަމް ބުންޏެވެ. އަކްރަމް ބުނީ މިއީ ވަކި މީހެއްގެ މިސްޓޭކެއް ނޫންކަމަށާއި މިއީ މުޅި ޓީމަށް ހެދުނު މިސްޓޭކެއްކަމަށެވެ.

ގައުމީ ޓީމުގެ ކުޅުން ރަގަނޅު ނަމަވެސް މެޗުން މޮޅުވުމަށް ނޭޕާލްގެ ގޯލް ފުއަޅުވާ ލެވޭ ގޮތް ނުވިއިރުގައި، މެޗުގައި އެހެން ހުރިހާކަމެއް ދިޔައީ ރަނގަޅަށްކަމަށް ވެސް އަކްރަމް ބުންޏެވެ. އަދި ކުރިއަށް ހުރި މެޗްތައް ނަގައިގެން ފައިނަލަށް ދިއުމަކީ ހުރިހާ ކުޅުންތެރިން ވެސް އަމާޒުކަމަށާއި މިމެޗުން ބަލިވުމުން، ކުރިއަށް ހުރި މެޗްތަކުން މޮޅުވުމަށް އިތުރު ހިއްވަރެއްވެސް މިހާރު ލާންޖެހިފައިވާކަމަށް އަކްރަމް ބުންޏެވެ. އަދި ނޭޕާލް މެޗުން ބަލިވިކަމުގައި ވީނަމަވެސް ދިވެހި ސަޕޯޓަރުން މާޔޫސްނުވެ، ކުރިއަށް ހުރި މެޗްތަކުގައިވެސް ދިވެހި ޓީމަށް ސަޕޯޓްކޮށްދިނުމަކީ މުޅީ ޓީމުގެ އެދުމެއްކަމަށްވެސް ކެޕްޓަން އަކްރަމް ބުންޏެވެ.