ކުޅިވަރު

ރާއްޖެ އިންޑިޔާ މެޗުގެ ޓިކެޓް މާދަމާ ވިއްކަނީ


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެއްއިން ބުނެފިއެވެ. ސާފް ޗެންޕިއަންޝިޕް އަންނަ ބުދަ ދުވަހު ހަވީރު ބަގްންލަދޭޝް އާއި ނޭޕާލް އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އިންޑިޔާ އާއި ނޭޕާލެވެ. މިހާރު އޮތްގޮތުން މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗު ވެސް އެއްވަރުވެއްޖެނަމަ ފައިނަލް ކުޅޭނީ ރާއްޖެ އާއި ނޭޕާލެވެ. މިއަދު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދެ މެޗްގެ ޓިކެޓް މާދަމާ ވިއްކުމަށް ހަމަޖެހިފައިވާކަމަށާއި ޓިކެޓް ވިއްކާނެ ތަނެއް ފަހުން އިޢުލާނު ކުރާނެކަމަށެވެ.

އެންމެ ފަހުން ރާއްޖެއާއި ސްރީލަންކާ ކުޅުނު މެޗްގެ ޓިކެޓް ވިއްކަން ފެށުމާއިއެކު، 3 ގަޑިއިރުގެ ތެރޭ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެއްސި ޓިކެޓްވަނީ ވިކި ހުސްވެފައެވެ. މިކަމާގުޅިގެން ޓިކެޓް ކައުންޓަރު ކައިރީގައި ހަމަނުޖެހުން ހިގުމާއި ގުޅިގެން، ފަހުން އެފްއޭއެމުން ވަނީ އިތުރު 1000 ޓިކެޓް ސްޕޯޓަރުންނަށް ފަހުން ވިއްކާފައެވެ. މި ޓިކެޓްތަކަކީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާއަށް ޚާއްސަކުރި ޓިކެޓްތަކުގެ ތެރެއިން ދޫކުރި ޓިކެޓް ތަކެކެވެ. ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗްތައް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެއެވެ. ރާއްޖެ މިހާތަނަަށް އުރީދޫ ސާފް ޗެންޕިއަންޝިޕް ރާއްޖެ ކުޅުނު ކޮންމެ މެޗެއްގައިވެސް ދަނޑުވަނީ ފުރިފައެވެ.