ކުޅިވަރު

މެޑަލް ހޯދި ބޮޑީ ބިލްޑިން ޓީމަށް ހޫނު މަރުޙަބާއެއް


12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ލޯމެޑަލް ހޯދި އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާން ލޯ މެޑަލް ހޯދާ މާލެ އުމުން އެޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ބޮޑީބިލްޑިންގ ޓީމު ރާއްޖެ އައުމުން ޓީމަށް މަރުހަބާ ކީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް މިނިސްޓަރ އަޙްމަދު މަހުލޫފެވެ. އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށް ދިޔަ މިމުބާރާތުގައި ރާއްޖެއިން 6 އެތުލީޓުން ވާދަކޮށްފައިވެއެވެ.

މި މުބާރާތުން އަޒްނީން ލޯ މެޑަލް ހޯދާފައިވަނީ މެންސް ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ބައިންނެވެ. މި ފަހަރުގެ މުބާރާތުން އަޒްނީން ލޯ މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައިވެސް އޭނާ ވަނީ އެ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ހިމްޔާން ލޯ މެޑަލް ހޯދީ މެންސް އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ބައިންގައި ވާދަކޮށްގެންނެވެ.

އަޒްނީނާއި ހިމްޔާން ހޯދި ދެ ލޯ މެޑެއްޔާއެކު، މި ފަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖޭން ވަނީ ޖުމްލަ ހަތަރު މެޑަލް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ މުޙައްމަދު މޫސާ ވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑެއްޔެއް ހޯދާފައެވެ. އަދި މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މުޙައްމަދު ރަޝީދު ވަނީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑެއްޔެއް ހޯދާފައެވެ.

12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ވާދަކުރި ޤައުމީ ބޮޑީބިލްޑިން ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ.