ކުޅިވަރު

ރާއްޖޭގައި ބޭއްވި ފުރަތަމަ ރޯލާ ސްކޭޓިން މުބާރާތް ނިންމާލައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރޮލާ ސްކޭޓިން އެސޯސިއޭޝަން 7 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން ޒަޔާން ޢަލީ ހައިޝަމް އަދި އަންހެން ބައިގެ ޗެންޕިއަންކަން ނީރާ ނަޝްރަތު މުޙައްމަދު ހޯދައިފިއެވެ. ފިރިހެންބައިގެ ދެވަނަ ހޯދާފައިވަނީ އާދަމް އަލްޔަން މުޙައްމަދެވެ. އަންހެންބައިގެ ދެވަނަ ހޯދާފައިވަނީ އިސަބެއްލާ ޖޯސެފްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ ނީރާ ނަސްރަތުއެވެ.

ފުރަތަމަ ރޮލާ ސްކޭޓިން އެސޯސިއޭޝަންގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވަނި މާލޭ އުސްފަސްގަނޑާއި ހުޅުމާލޭގައެވެ.

ނުވަ އަހަރުން ދަށުގެ އަންހެންބައިގެ އެއްވަނަ ހޯދާފައިވަނީ ނިރާލިޔާއެވެ. ފިރިހެންބައިގެ އެއްވަނަ ހޯދީ ޖޯހުއެވެ. 11 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދީ ފަލަކް ބިން ފަޔާޒްއެވެ. ފިރިހެންބައިގެ ޗެންޕިއަންކަން ހޯދީ އަހުމަދު ރާއިފް ޝަފީގެވެ. މިމުބާރާތުގެ މާސްޓަރބައިގެ ޗެންޕިއަންކަން ހޯދީ މާޒެވެ.