ކުޅިވަރު

11 އަހަރުގެ ނަބާ ކުޅިވަރުގެ ތާރީހުގެ ތެރެއަށް


އުމުރުން 11 އަހަރުގައި ނަބާ ނިޝާން 51ވަނަ ޤައުމީ ޓެނިސް މުބާރާތުގައި ތިން ޑިވިޝަނެއްގެ ތަށި ހޯދައި، ކުޅިވަރު ތާރީޚުން ޖާގަ ހޯދައިފިއެވެ. ނިމިގެންދިޔަ 51ވަނަ ޤައުމީ ޓެނިސް މުބާރާތުގައި އުމުރުން 11 އަހަރުގެ ނަބާ ޗެންޕިއަންކަން ހޯދީ އަންހެން ޖޫނިއާ އޯޕަން ސިންގަލްސް، އޯޕަންގެ ޑަބަލްސް ބައިގެ އިތުރުން އަންހެން އޯޕަން ސިންގްލަސްގެ ޗެންޕިއަންކަމެވެ. މިއީ މިހާތަނަށް ޓެނިހުގެ ތާރީޚުގައި މިހާ ޅައުމުރުގައި ތިން ޑިވިޝަނެއްގެ ޗެންޕިއަންކަން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ނަބާއަކީ ޓެނިހުގެ ތާރީޚުގައިވެސް އެންމެ ހަގު ޗެންޕިއަނެވެ. މިއީ ޓެނިހުގެ އިތުރުން ދިވެހި ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭކަމެކެވެ. މިމުބާރާތުގެ ތިން ކެޓަގަރީއަކުން ނަބާ ޗެންޕިއަންކަން ހޯދާފައިވާއިރު، އުމުރުން 11 އަހަރުގެ ނަބާ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މިއީ ޓެނިހުގައި ވިދާލާނެ ކުޅުންތެރިއެއްކަން މިހާރުވެސް ވަނީ ފާހަގަ ކުރެވިފައެވެ.

2019ވަނަ އަހަރުން ފެށިގެން ނަބާ ވަނީ އޭނާއަށް ވުރެ ދޮށީ އުމުރުފުރާތަކުގައި ވާދަކުރަން ފަށާފައެވެ.