ކުޅިވަރު

ފިރިހެނުންގެ ޝޯޓް ބޯޑު ޗެންޕިއަންކަން ހޫދު އަޙުމަދު


ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޝޯޓްބޯޑް އިވެންޓްގެ ޗެމްޕިއަންކަން ހޫދު އަހުމަދު ހޯދައިފިއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހޫދަށް ޓްރޮފީ އާއި މެޑަލްއާއި ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. ހޫދަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ދެ ވަނަ އަށް ދިޔަ ސަރފަރުވެސް މެއެވެ. ފިރިހެން ޝޯޓް ބޯޑް ކެޓަގަރީން ދެ ވަނަ ދިޔައީ އަހުމަދު އާގިލެވެ. މި ބައިން ތިންވަނަ ހޯދީ ގދ. ނަޖާހު މުހައްމަދެވެ.


މުޅިން އަލަށް މި ފަހަރު ބޭއްވި އަންހެން ކެޓަގަރީން ރަން މެޑަލް ހޯދީ އާޔާ ނަސީމެވެ. ދެ ވަނަ އަށް ދިޔަ ޝާޒިޔާ ސައީދު އަދި ތިން ވަނަ ލިބިފައިވަނީ ނާހާ ނަސްރުﷲ އަށެވެ.

ޖޫނިއާ ކެޓަގަރީން ރަން މެޑަލް ހާސިލްކުރީ އަހުމަދު އަމީލެވެ. މި ބައިން ދެވަނަ ހޯދީ އަޔާން ނޫރައްދީނެވެ. މި ބައިން ތިންވަނަ ހޯދީ ކަޔާން ޢަބްދުﷲ އަރީފެވެ.

މި ފަހަރުގެ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ބޭއްވި މާސްޓާސް ޑިވިޝަން ކާމިޔާބުކުރީ އިބްރާހިމް އަރީފެވެ. މާސޓަރސް ޑިވިޝަންގެ ދެވަ ހާސިލްކުރީ ހަސަން އަރީފް، އަދި ތިންވަނަ ހޯދި ޤަބްދުލް ޣަފޫރު ޢަލީއެވެ.

ސުޕަރ ސާރފިންގ ބައިގެ ޗެންޕިއަނަކީ މުހައްމަދު މުއާޛެވެ. ދެވަނަ ލިބިފައިވަނީ މުހައްމަދު ތޮއްލަމަށެވެ. އަދި ލޯ ތިންވަނަ ހާސިލްކުރީ ޢަބްދުﷲ އަރީފެވެ.


މުޅިން އަލަށް ބޭއްވި ފޯރިގަދަ ލޯންގްބޯޑް ޑިވިޝަން ކާމިޔާބުކުރީ އިސްމާއިލް މިގްލާލެވެ. ދެވަނަ ހޯދީ ޢަބްދުﷲ އަރީފެވެ. މިބައިން ތިންވަނަ ހާސިލްކުރީ ޢަބްދުﷲ ލަތީފެވެ.
ޓީމު އިވެންޓުން އެއްވަނަ ހޯދީ މާލޭ ޓީމުންނެވެ. ދެވަނަ ހޯދީ ގދ. ގައްދޫ ޓީމެވެ. އަދި ތިން ވަނަ ހޯދީ ރަސްމާދޫ ޓީމެވެ.

މި ފަހަރުގެ މުބާރާތުގެ ރޭންކިން އާއި ޕޮއިންޓަށް ބަލައި ޖޫނިއާ އަދި ސީނިއާ ނެޝަނަލް ޓީމު ވަނީ އެކުލަވާލާފައެވެ. ޖޫނިއާ ނެޝަނަލް ޓީމުގައި ހިމެނެނީ މުޙައްމަދު ޒަޔާން، ކަޔާން އަބްދުﷲ އަރީފް، އަހުމަދު އަމީލް، ސައްޔިދު ސަލާހުއްދީން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. އަދި ސީނިއާ ނެޝަނަލް ޓީމުގައި ތިބީ އިސްމާއިލް ރަޝީދު، ހޫދު އަހުމަދު، އަހުމަދު އާގިލް އަދި ނަޖާހު އަހުމަދު އެވެ.

ކޯވިޑް-19 އާ ގުޅިގެން ޤައުމީ ރާޅާ އެޅުމުގެ މުބާރާތް މެދުކެނޑިފައި އޮތުމަށްފަހު މުބާރާތް ފަށާފައިވަނީ މިމަހުގެ ތޭވީސްވަނަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް ކުރިޔަށްދިޔަ މި ފަހަރުގެ ޤައުމީ ސާފިން މުބާރާތުގައި 6 ޑިވިޜަނެއްގައި 25 ރަށަކުން 14 ޓީމް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 102 ރާޅާއެޅުންތެރިންހިމެނެއެވެ.