ޚަބަރު

ދެވަނަ ބުރުގައި ވަރުގަދަ ވެމްކޯއާއި ސްޓެލްކޯ، ރޯޑްއާއި ދިރާގުގެ ކުރިމަތިލުން


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތް، ކުލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި ވަރުގަދަ ފެނަކައާއި ސްޓެލްކޯ ވާދަކުރަން ޖެހި، ރޯޑް ރެކްރިއޭޝަން ކްލަބާއި ދިރާގު ވާދަކުރަން ޖެހިއްޖެއެވެ.

މި ޓީމުތައް ވާދަކުރަންޖެހުނީ ފުރަތަމަ ބުރުގެ ގަދަ 16 ޓީމްގެ މެދުގައި ނެގި ގުރުއަތުންނެވެ. މިމުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ޕްރިޒަންސް ކްލަބާއި ޕޮލިސް ކުލަބެވެ. ދެވަނަ މެޗްގައި އެމްއޭސީއެލްއާއި އެމްޓީސީސީއެވެ. އަދި ތިންވަނަ މެޗްގައި އެޗްޑީސީއާއި ދިވެހި ސިފައިންގެ ކްލަބެވެ. މީގެ އިތުރުން ވެމްކޯއާ ވާދަކުރާނީ އެފްއެސްއެމްއެވެ. ގަދަ 16ގެ ބުރުގެ މެޗްތަށް ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ. މިބައިގައި އެމްޕީއެލްއާއި އުރީދޫ، ދިރާގާއި އާރްއާރްސީއެލް ވާދަކުރާނެއެވެ. އަދި އެސްޓީއޯއާއި ޓްރޭޑް ކުލަބް، ފެނަކަ އާއި ސްޓެލްކޯ ވާދަކުރާނެއެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން 3 މެޗުން މޮޅުވެގެން 4 ޓީމެއްވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެއީ ވެމްކޯ، އެޗްޑީސީ، އެމްޕީއެލް އަދި އެސްޓީއޯއެވެ. މިމުބާރާތުގެ ދެވަނަ ބުރުގެ މެޗްތަށް ފޯރިގަދަވާނެކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ފަހުން ބޭއްވި ކުލަބް މޯލްޑިވްސް ކަޕުގައި ކުޅުނު ޓީމާ ދެކޮޅަށް މިފަހަރު ބައެއް ކުޅުންތެރިން ނުކުންނާނެއެވެ. ކުޅުންތެރިންގެ އިތުރުން މިއީ ބައެއް ކޯޗުންގެ މެދުގައިވެސް ވަރަށް ވާދަވެރި މުބާރާތެކެވެ. ޚާއްސަކޮށް ވާދަވެރިކޮށް ދާ މެޗްތަކުގައި ކުޅުންތެރިންނާއި ކޯޗުންގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.