ކުޅިވަރު

ސެމީ ފައިނަލުން އިންޑިޔާ އާއި ލަންކާ ޖާގަ ހޯދައިފި


ނޭޕާލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރާ ހަތަރު
ލަނޑު ޖަހައިގެން ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުން އިންޑިޔާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި މިރޭ އިންޑިޔާ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ
ނޭޕާލުންންނެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓްގައި ޖަހައިދިނީ ޒުވާން ފޯވާޑް ބިމާލް
ގަރްތީ މަގަރްއެވެ.ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންޑިޔާއަށް ނަތީޖާ
ހަމަހަމަކޮށްދިނީ ރޮވްލިން ބޯޖެސްއެވެ. އިންޑިޔާއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑް
ނަގައިދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އިންޑީޔާގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު
އެޓީމަށް ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން
ފޯވާޑް ލަލިއަންޒުއާލާއެވެ. ލަލިއަން ޒުއާލާގެ ލަނޑުތަކާއެކު އޭނާ ވެފައިވަނީ އިންޑިއާގެ ސީނިއާ ޓީމަށް ލަނޑުޖެހި އެންެމެ ޒުވާން ކުޅުންތެރިޔާއަށެވެ.މި ނަތީޖާގެ ސަބަބަން ނޭޕާލްވަނީ މުބާރާތުން ކަޓާފައެވެ.
ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އިންޑިޔާ ސެމީ ފައިނަލުން ޖާގަ ހޯދިއިރު،
ގްރޫޕްގެ ދެވަނަ ހޯދީ ސްރީލަންކާއެވެ. ސެމީ ފައިނަލްގައި އިންޑިޔާ އަދި ސްރީލަންކާ
ވާދަކުރާނެ ޓީމްތައް އިނގޭނީ ގްރޫޕް ބީގައި މާދަމާ އަފްޢާނިސްތާން އަދި
ދިވެހިރާއްޖެ ވާދަކުރާ މެޗަށްފަހުއެވެ.