ކުޅިވަރު

އަހަރެމެންނަށް ޕްރެޝަރެއް ނެތް – އިންޑިޔާ ކޯޗު


އަމިއްލަ ޤައުމުގައި ސާފް ސުޒުކީކަޕްގެ ސެމީފައިނަލަށް ރާއްޖެއާއި ދެކޮޅަށް ނިކުންނައިރު ޕްރެޝަރެއް ނެތްކަމަށް އިންޑިޔާގެ ކޯޗު ސެޓެފެން ކޮންސްޓަންޓައިން ބުނެފިއެވެ. މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގއި ކޯޗު ބުނީ މިއީ ދިރިއުޅުންކަމަށާއި ޕްރެޝަރެއް ނޯންނާނެކަމަށެވެ." މިއީ އަހަރެމެންގެ ދިރިއުޅުން. އެއްވެސް އިތުރު ޕްރެޝަރެއް މިއަދުވެސް އިއްޔެވެސް އަދި މާދަމާވެސް ނެތް. މިކަމުގައި އަހަރެން މަސައްކަތްކުރާތާ ވިއްސަށްވުރެ ގިނަ އަހަރުވެއްޖެ. " ކޯޗު ބުންޏެވެ.ރާއްޖެއާއި ބެހޭގޮތުން ކޯޗު ބުނީ ރާއްޖެއަކީ މޮޅު އަދި ތަޖުރިބާ ބޮޑު ޓީމެއްކަމަށެވެ." ރާއްޖެއަކީ މޮޅު ކުޅުންތެރިން ހިމެނޭ ތަޖުރިބާ ބޮޑު ޓީމެއް. މުޅިން ކައުންޓަރ އެޓޭކަށް އަރާ ޓީމެއް ނޫން. ރަނގަޅު މެޗެއް ފެންނާނެކަމަށް އުއްމީދުކުރަން. " ކޯޗު ބުންޏެވެ.އިންޑިޔާ ކޯޗު ޤަބޫލުކުރާގޮތުގައި ފޯވާޑް ރޮބިންގ ސިންގ ނެތުމަކީ ފޫނުބެއްދޭނެކަމެއް ނޫނެވެ. އެތަން ފޫބައްދާނެ ކުޅުންތެރިން އެބަތިބިކަމަށް އޭނާ ބުންޏެވެ." ރޮބިންއަކީ ޓީމްޕެ ކީ ޕްލޭޔަރެއް. މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެއް. އެކަމަކު އޭނާ ނެތްތައް ފޫބައްދާނެ ކުޅުންތެރިން އަހަރެމެންގެ އެބަތިބި. އޭނާ ނެތްތައް ފޫބެއްދޭނެކަން ސާބިތުކޮށްދޭން އެހެން ކުޅުންތެރިންނަށް ފުރުޞަތު ލިބޭނެ. ކުޅުންތެރިން ސާބިތުވެސްކޮށްދީފި." މުބާރާތުގެ ފުރަތަމަ މެޗަށްފަހު މުބާރާތް ނިމުނު ރޮބިންގ ސިންގއަށް އިޝާރތްކޮށް ކޯޗު ބުންޏެވެ.ރާއްޖެއާއި އިންޑިޔާ ވާދަކުރާ މުބާރާތުގެ ސެމީފައިނަލް މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 15:00 ގައެވެ.