ޚަބަރު

ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ކެލައަށް


ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހއ.ކެލައަށް ތައާރަފްކޮށްފިއެވެ. ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ އިތުރުން ދިރާގު ޓީވީގެ ޚިދުމަތްވެސް ވަނީ އެރަށައް ތައާރަފްކޮށްފައެވެ.

މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކެލާގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކައި އެއްކޮށެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމާއި ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމާއި ޖޯއިބޮކްސް (ޑީކޯޑަރ) މުޅިން ހިލޭ ލިބެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް މިހާރު ރާއްޖޭގެ %82 ގޭބީސީއަށް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި 74 ރަށެއް ހިމެނެއެވެ. އަދި ދިރާގު ޓީވީގެ ޚިދުމަތްވެސް %82 ގޭބިސީއަށް ދަނީ ފޯރުކޮށްދެމުންނެވެ.