ޚަބަރު

ތައިލޭންޑަށް ދަތުރުކުރުމުގައި ދިވެހިންނަށް ފަސޭހަތަކެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށާއި، ތައިލެންޑަށް ދަތުރުކުރައްވާ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތައިލެންޑްގެ ބޮޑުވަޒީރު ޕްރާޔޮތު ޗާން އޮޗާއާ ބައްދަލުކުރައްވާ، ތައިލެންޑަށް ރާއްޖެއިން ދަތުރުފަތުރުކުރުމުގައާއި، ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދަދިނުމައްޓަކައި އެއްބަސްވުމެއްގައި ސޮއިކުރައްވަން ރާއްޖެއިން ޝައުޤުވެރިވާކަމަށް ވިދާޅުވެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ބޮޑުވަޒީރާއި ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގެ އެންމެ ބޮޑު މަޤްޞަދަކީވެސް ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުންކަމަށެވެ. ރައީސް ޔާމީނާއި ތައިލެންޑްގެ ބޮޑުވަޒީރު ޗަން-އޮކަ ގެ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި އެކި ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާއިރު، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް އެއްޤައުމު އަނެއް ޤައުމަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.