އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 17ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށެވެ. އެގޮތުން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށްވެސް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ އާންމު ކުރާނެކަމަށެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، އަދި އެޖެންޑާއާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެއެވެ.
އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ބޯޑު ފާސްކުރުމާއި، ހިއްސާގެ ފައިދާ ފާސްކުރުން އޮންނާނެއެވެ. މިދިޔަ އަހަރު އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކުރިއެވެ.