ވިޔަފާރި

އެމް.އައި.ބީ.ގެ ގޮތްޕެއް ގދ. ތިނަދޫގައި ހުޅުވައިފި


މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ގޮތްޕެއް ގދ. ތިނަދޫގައި ހުޅުވައިފިއެވެ.ގދ. ތިނަދޫގައި މިހުޅުވި ގޮތްޕަކީ އެ ބޭންކުގެ ޚިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ގޮތްޕެއް ކަަމަށް އިސްލާމިކް ބޭންކުން މައުލޫމާތުދެއެވެ. ތިނަދޫގައި މިހުޅުވި އިސްލާމިކް ބޭންކުގެ ގޮފިން ޚިދުމަތް ދެމުންގެންދާނީ އިސްލާމީ ޝަރީޢާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.ގދ. ތިނަދޫގައި އިސްލާމިކް ބޭންކްގެ ގޮތްޕެއް ހުޅުވުމުން އެ ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅޭ އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބުމުގެ އިތުރުން އިސްލާމިކް ބޭންކިންގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެފައިވާކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. މިއީ މާލެއިން ބޭރުގައި އިސްލާމިކް ބޭންކުން ހުޅުވި ދެވަނަ ގޮތްޕެވެ. އިސްލާމިކް ބޭންކުގެ ފުރަތަމަ ގޮފި ހުޅުވީ ސ ހިތަދޫގައެވެ.