ސަވާދީއްތަ ދަތުރުގައި ބައިވެރިނުވެ ޔޮޓްތައް ރާއްޖެއިން ފުރައިގެންދާ ކަމަށް ދެކެވޭ ވާހަކަ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ދޮގުކޮށްފިއެވެ. ސަވާދީއްތަ ދަތުރު ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންނެވެ.
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބަތާއި ގުޅުވައިގެން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމް.އެން.ޑީ.އެފްގެ ސިވިކް ކުންފުންޏާއި ގުޅިގެން ބާއްވާ ރެލީއެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ، ސަވާދީއްތަ ދަތުރު މިމަހުގެ 5 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާއިރު މިހާރު އުލިގަމު، ހޯރަފުށި، މަތީރަށް، އިހަވަންދޫ، އަދި ބާރަށަށް ދަތުރުގެ ބައިވެރިން ގޮސްފައިވާކަމަށެވެ. އަދި މިހާރު ދަތުރުގެ ބައިވެރިން ތިބީ އުތީމުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ރާއިދު ވިދާޅުވީ، ރެލީގައި ބައިވެރިނުވެ ޔޮޓްތައް ދާކަމަށްބުނެ ދެކެވެމުންދަނީ ހަޤީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. ސިއްހީ ބައެއް ސަބަބުތަކާއިހެދި 2 ޔޮޓެއް ދަތުރުގައި ބައިވެރިވެފައިނުވާކަމަށާއި އެހެންނަމަވެސް މިހާރު ދަތުރުފަށައިގެން ކުރިއަށްދަނީ 7 ޔޮޓާއި އެކުގައިކަމަށެވެ. މި 7 ޔޮޓުގައި 27 ފަތުރުވެރިން ދަނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުންނެވެ.
"އަޅުގަނޑުމެންނާއިއެކު ބައިވެރިވި ޔޮޓްތަކުގެ ތެރެއިން 2 ޔޮޓަކުން އެމީހުންގެ ސިއްހީ ހާލަތު ހުރިގޮތުން އުލިގަމުން ދިޔަ. އެމީހުން ދަތުރު ސްޓާޓެއްވެސް ނުކުރޭ. އެނޫނިއްޔާ އަޅުގަނޑުމެން 7 ޔޮޓާއިއެކީގައި މިދުއްވަނީ. 7 ޔޮޓު މިހާރުވެސް އެބައޮތް ދައްޕަރު ބަނދަރުގައި. ފޮޓޯތައް އަޅުގަނޑުމެން މިގެންދަނީ ގަޑިއަކު 1 ފަހަރު އަޕްޑޭޓްކުރަމުން." ރާއިދު ވިދާޅުވިއެވެ.
Participants of @savaadheeththa Yacht Rally visit HA. Baarah. It was here that Bodu Thakurufaanu & his companions built the "Kalhu'oh'fummi" boat, in which they sailed to liberate the Maldives from the Portuguese. The island also has several other heritage sites. #CulturalTourism pic.twitter.com/cVpvNF6Wmf
— National Centre for Cultural Heritage (@HeritageMv) February 8, 2022
ރާއިދު ވިދާޅުވީ، މި ދަތުރުގެ ސަބަބުން ގިނަ ކަންތައްތަކެއް އެނގެމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގެ ފަޅުތައް ހަދާފައިވަނީ ޔޮޓުތައް ބަނދަރުކުރާ ގޮތަކަށްނޫންކަން އެނގިގެން ހިނގައްޖެކަމަށެވެ. އެހެންނަމަވެސް ނޮޅިވަރަންފަރު ބަނދަރަށް ޔޮޓް ވެއްދޭތޯ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ދަތުރުގެ ތެރެއިން ދައްޕަރަކީ ރާއްޖެ އަންނަ ޔޮޓްތައް ބަނދަރުކުރަން ރައްކާތެރި މަންޒިލެއްކަންވެސް އެނގިގެން ހިނގައްޖެކަމަށާއި މި ދަތުރަކީ އެއްގޮތައްވުރެ ގިނަ ގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު ދަތުރަކަށް ވެގެންދާނެކަމަށް އޭނަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތްކުރިން ބާރަށު ބަނދަރަށްވެސް ވައްދަން. އެކަމަކު ވަރަށް ތިލަކޮށް އެތަން އޮތީ. ބާރަށު ބަނދަރަށް ނުވެއްދުނީމަ ދައްޕަރަށް ވެއްދީ. އެވެސް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު. އެމީހުންނަށް ފެނިގެންގޮއްސި ވަރަށް ފަސޭހަ ސަލާމަތްތެރި ބަނދަރެއްކަމަށް އެއީ ޔޮޓްތައް ބަނދަރުކުރަން. އެހެންވީމަ އެމީހުން ހަމަ އެތައް ބައެއްގެ ކައިރީގައި އެތަނުގެ މާކު ޖަހަން ފަށައިފި މިހާރު ރާއްޖޭގައި ޔޮޓްފަހަރަށް ފަސޭހަ ބަނދަރެއްގެ ގޮތުގައި. އެހެވެސް ހަމަ ކާމިޔާބީއެއްގެ ގޮތުގައި ދެކެން. ތަފާތުތަނެއް ދައްކައިދެވުނީ އަޅުގަނޑުމެންނަށް." ރާއިދު ވިދާޅުވިއެވެ.
Visiting the Ancient Friday Mosque and Minaret - an ancient coral stone mosque with a unique Minaret (Munnaaru) built in the early 1500’s by Sultan Muhammad IV of Dhevvadhoo. This Mosque was also used by Sultan Muhammad Thakurufaanu - the great warrior @mitdc_mv pic.twitter.com/Z1in6XTmhY
— Savaadheeththa Dhathuru (@savaadheeththa) February 8, 2022
ރާއިދު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުން މިދަތުރަށް ލިބޭ ތަރުހީބު ވަރަށް ރަނގަޅުކަމަށެވެ. މިއީ ރަށްތައް ޕްރޮމޯޓްކޮށްލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ދަތުރުގެ ބައިވެރިންނަށް އެ ރަށްރަށުގެ ތާރީހާއި ސަޤާފަތް ދައްކާލުމަށްޓަކައި ރަށްރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށްވެސް ތައްޔާރުވެފައެވެ. މި ދަތުރުގެ ތެރެއިން އެމްއައިޓީޑީސީން ދައްކާދެނީ ރާއްޖޭގެ ރަށްތަކުގައި ފަތުރުވެރިންނަށް ކުރެވެންހުރި ކަންތައްތަކާއި އެރަށްތަކަށް ފަތުރުވެރިން ޒިޔާރަތްކުރަންވީ ސަބަބުކަމަށެވެ.
މިދަތުރުގައި އެންމެ ފަހުން ޒިޔާރަތްކުރާނީ ބ.ތުޅާދޫއަށެވެ. އަދި ދަތުރު ނިންމުމަށް ހަމަޖެހިފައިވަނީ މިމަހު 20 ގައި ފަރި އައިލެންޑްސްގައި އޮންނަ ގާލާނައިޓަކުންނެވެ.