ދުނިޔެ

ސެމްސަންގ ކުންފުނީގެ ފައިދާ އިތުރުވެއްޖެ


ސެމްސަންގް އިލެކްޓްރޯނިކްސްއަށް ފާއިތުވި 2015 ވަނަ އަހަރުގެ ފަހު 3 މަސްދުވަހު ލިބުނު ފައިދާ 2014 ވަނަ އަހަރު އެމުއްދަތާއި އަޅާބަލާއިރު 15 އިންސައްތަ މައްޗަށް ޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.ސެމްސަންގް އިލެކްޓްރޯނިކްސްގެ ނުރަސްމީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އޮކްޓޫބަރ މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ހިންގުމުގެ ފައިދާގެ ގޮތުގައި 5.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް މިއީ ކުރިން 4 ވަނަ ކުއާޓާރުގެ ސާފު ފައިދާގެ ގޮތުގައި ލިބޭނެކަމަށް ސެމްސަންގް އިން އަންދާޒާކޮށްފައިވާ ޢަދަދަށް ވުރެ ދަށް ޢަދަދެކެވެ.ސެމްސަން ކުންފުނީގެ ފައިދާ އަންދާޒާކުރި މިންވަރަށް ވުރެ ދަށްވެފައިމިވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ޑިމާންޑް ޗައިނާގެ ބާޒާރުގައި ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކުންފުނީގެ 4 ވަނަ ކުއާޓަރުގެ ފައިދާ 3 ވަނަ ކުއާޓަރާއި އަޅާބަލާއިރު ވަނީ 7.5 އިންސައްތަ ދަށަށްގޮސްފައެވެ. ސެމްސަންގް ކުންފުނީގެ 4 ވަނަ ކުއާޓަރުގެ ރަސްމީ ހިސާބުތައް ޢާންމުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުއެވެ.