ދުނިޔެ

އެންމެބޮޑު މަތިންދާބޯޓު އުފައްދާ ކުންފުންޏަކަށް ބޮއިންގް ކުންފުނި


ފާއިތުވި 2015 ވަނައަހަރު 762 މަތިންދާ ބޯޓު އުފައްދައި، ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު އުފައްދާ ކުންފުނީގެ މަޤާމު ބޮއިންގް އިން އަނެއްކާވެސް ހޯދައިފިއެވެ.މިއީ ބޮއިންގް ކުންފުނިން އިން 2015ވަނަ އަހަރަށް މަތިންދާބޯޓު އުފައްދާނެ ކަމަށް އަންދާޒާކުރި ޢަދަދަށް ވުރެ މަތީ ޢަދަދެކެވެ. ބޮއިންގްގެ ވާދަވެރި އެއަރބަސް ކުންފުނިން މިއަންނަ އަންގާރަ ދުވަހު އެކުންފުނީގެ 2015ވަނަ އަހަރުގެ ހިސާބުތައް ޢާންމު ކުރާނެއެވެ. ނަމަވެސް އެއަރބަސްއިން 2015 ވަނައަހަރު އުފެއްދި މަތިންދާބޯޓުގެ ޢަދަދު 629 އަށް މަތި ނުވާނެކަމަށް ރިޕޯރޓްތައް ބުނެއެވެ.ބޮއިންގ ކުންފުނިން ފާއިތުވި އަހަރު އުފެއްދި މަތިންދާ ބޯޓުގެ ޢަދަދު ގިނަ ނަމަވެސް އެކުންފުންޏަށް މިދިޔަ އަހަރު ތެރޭގައި ލިބިފައިވާ އޯޑަރުގެ ޢަދަދު ދެބައިކުޅަ އެއްބައި ދަށަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.