ދުނިޔެ

ދުންފިނީގެ ސަބަބުން ނިއުދިއްލީގެ ދަތުރުފަތުރަށް ހުރަސްއެޅިއްޖެ


ބޯކޮށް ދުންފިނި ފޭބުމުގެ ސަބަބުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އެއްގަމާއި ވައިގެ ދަތުރުތަކަށް ބުރުއަރައިފިއެވެ. ދުންފިނީގެ ސަބަބުން ދިއްލީ އެއަރޕޯޓްއިން ފުރުމަށް އަދި އައުމަށް ޝެޑިއުލްކޮށްފައިވާ 60ހަށް ވުރެ ގިނަ ފްލައިޓްގެ ދަތުރުތައް ލަސްކޮށްފައިވާއިރު، 100 އަށްވުރެ ގިނަ ރޭލު ދަތުރުތައްވެސް ކެންސަލްކޮށްފައިވެއެވެ.މިއަދު އިރުއެރިއިރު ދިއްލީގެ ފިނިހޫނުމިން ހުރީ 11 ޑިގްރީ ސެލްސިއަސްގައެވެ. މާދަމާ އެ ސިޓީއަށް ވާރޭ ވެހޭނެ ކަމަށާއި މިކަމުގެ ސަބަބުން ފިނިހޫނުމިން އިތުރަށް ދަށަށްދާނެކަމަށް ދިއްލީގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.