ވިޔަފާރި

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ގިނަ އެވޯޑްތަކަކަށް މިފަހަރުވެސް ރާއްޖެއިން ވާދަކުރަނީ


ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ގިނަ އެވޯޑްތަކަކަށް މިއަހަރުވެސް ރާއްޖެއިން ނޮމިނޭޓްވެއްޖެއެވެ. ކޮންމެ އަހަރަކުވެސް އިންޑިއަން އޯޝަންގެ ގިނަ އެވޯޑްތަކަކަށް ރާއްޖެއިން ނޮމިނޭޓްވެއެވެ. އަދި ގިނަ އެވޯޑްތަކެއްވެސް ރާއްޖެއިން ދަނީ ހޯދަމުންނެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގައި ޤައުމީ ފެންވަރުގައި އަދި ވަކިވަކި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްވެސް ދަނީ އެކިއެކި ކެޓަގަރީތަކުން ވާދަކުރަމުންނެވެ. ޑެސްޓީނޭޝަންގެ ކެޓަގަރީން 9 އެވޯޑަކަށް ރާއްޖެއިން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ:

  • އިންޑިއަން އޯޝަންސް ލީޑިންގ އެޑްވެންޗަރ ޓޫރިޒަމް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަންސް
  • އިންޑިއަން އޯޝަންސް ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަ
  • އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިންގ ވެޑިންގ ޑެސްޓިނޭޝަން

މީގެއިތުރުން އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑްއަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އަންނަނީ ވާދަކުރަމުންނެވެ. ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިންވެސް އަންނަނީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ގިނަ އެވޯޑްތަކަކަށް ވާދަކުރަމުންނެވެ. އޭގެތެރޭގައި:

  • އިންޑިއަން އޯޝަންސް ލީޑިންގ އެއަރލައިން – ބިޒްނަސް ކްލާސް
  • އިންޑިއަން އޯޝަންސް ލީޑިންގ އެއަރލައިން – އެކޮނޮމީ ކްލާސް
  • އިންޑިއަން އޯޝަންސް ލީޑިންގ އެއަރލައިން
  • އިންޑިއަން އޯޝަންސް ލީޑިންގ އެއަރލައިން ބްރޭންޑް
  • އިންޑިއަން އޯޝަންސް ލީޑިންގ ކެބިން ކްރޫ

އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ވާދަކުރާއިރު އިންޑިއަން އޯޝަންސް ލީޑިންގ ސީޕްލޭން އޮޕަރޭޓަރއަކަށް ރާއްޖޭގެ 2 ކުންފުންޏަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ މަންޓާ އެއަރއާއި، ޓްރާންސް މޯލްޑިވިއަން އެއަރވޭސްއެވެ.

މީގެއިތުރުން ހޮޓެލްސް އެންޑް ރިސޯޓްސްގެ ދާއިރާއިން ރާއްޖޭގެ ގިނަ ރިސޯޓްތަކަކާއި ހޮޓެލް ގެސްޓްހައުސްތަކުން އަންނަނީ ވާދަކުރަމުންނެވެ. ރާއްޖެއިން ކޮންމެ އަހަރަކުވެސް ވޯލްޑް ޓްރެވެލް އެވޯޑްސްގެ ގިނަ އެވޯޑްތަކަކަށް ވާދަކޮށް ގިނަ އެވޯޑްތަކެއް ހޯދައެވެ. ރާއްޖެއިން ވަނީ ވިދިވިދިގެން 2 އަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑްވެސް ހޯދާފައެވެ.