ޚަބަރު

ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅުއްވައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވާފައިވާ ބޭސްފަރުވާގެ މުއްދަތައް ދެމަސްދުވަސް އިތުރުކޮށްދެއްވަން ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފިއެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ރައީސް ނަޝީދު އިނގިރޭސީވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ޙަސަން ޢަލީ ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން ސިޓީ ފޮނުއްވާފައިވަނީ، ހޯމަ ދުވަހުކަމަށެވެ. ޙަސަން ވިދާޅުވީ، އެކަމަމެދު ނިންމަވާ ގޮތެއް ވަރަށް އަވަހަށް ރައީސް ނަޝީދަށް އަންގަވާނެކަމަށެވެ. ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެއްވާފައިވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް 30 ދުވަހުގެ މުއްދަތަކަށް ކަމަށް ހޯމް މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ.