ޚަބަރު

ހދ. ފިނޭ އިން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


ހދ. ފިނޭގައި ވަޅުގަނޑެއްގެ ތެރެއިން މަރުވެފައި އޮތް ދުވަސްވީ މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ފެނިފައވަނީ، އޭނާގެ އާއިލާއިން އެމީހާ ގެއްލިގެން ހޯދަމުން ގެންދަނިކޮށް ކަމަށެވެ. ޕީ.އެސް.އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިނޭ ކައުންސިލުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ، އުސްމާނު މުހައްމަދު ކިޔާ އުމުރުން ދުވަސްވީ މީހެއްކަމަށެވެ.

 އުސްމަނު މަރުވެފައި އޮއްވާ ފެނުނީ މިއަދު 9:15 އެހާއިރު ކަމަސްވެސް ފިނޭކައުންލުން ވިދާޅުވިއެވެ. މިކަން ތަހުޤީގު ކުރުމަށް ފިނޭގައި ފުލުހުން މިހާރުގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.