ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް އަވަސްކޮށް މިހާރަށްވުރެ ފަސޭހައިން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކު، އެންއައިބީއާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް އަވަސްކުރުމުގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި މަޢުލޫމާތުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވިގެންދާނެއެވެ. ޚިދުމަތް ދިނުމަށް ބޭނުންކުރާ "ބޮލި" އޭޕީއައި ފަރުމާކޮށްފައިވަނީ ވިޔަފާރިތަކާއި، ޚިދުމަތް ހޯދާ ފަރާތްތައް ނުވަތަ ކަސްޓަމަރުންނާ ގުޅުވާލަދޭނެ މުހިންމު ބައިތަކެއް ވެސް ހިމެނޭ ގޮތަށެވެ.
މިކަމާއި ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، އެ ވުޒާރާގެ އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސް، އޭޕީއައި މެދުވެރިކޮށް އެމްއައިބީއަށް ކަސްޓަމަރުގެ ޑޭޓާތައް ފަސޭހަކަމާއި އެކު ވެރިފައިކުރެވޭނެ ކަމަށެވެ. މިއާ އެކު ވިޔަފާރިތަކަށް ބޭންކު އެކައުންޓުތައް ހުޅުވުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
Through Application Programming Interface @MoEDmv launched today, (the first agreement with the Maldives Islamic Bank), will allow the bank to verify data when customers send a code generated from business portal. This initiative will make it easier for biz to open bank accounts https://t.co/HtBy9RKc5A
— Mohamed Saeed (@em_saeed) May 2, 2024
އެމްއައިބީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މާލީ އިދާރާތަކުން ދުވާލަކު އެތައް ހާސް ވެރިފިކޭޝަންތަކެއް ކުރިއަށް ގެންދާއިރު، އޭޕީއައި އިން ޑޭޓާ ވެރިފިކޭޝަން އަވަސްކޮށްދިނުމުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކަށް ވިޔަފާރިތައް އޮތެންޓިކޭޓް ކުރުމަށް ވެސް އެހީތެރިވެދޭނެކަމަށެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީން ދޭ ޚިދުމަތްތައް އޮންލައިންކޮށް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި ރާއްޖޭގައި ކްރިއޭޓިން އިކޮނޮމީއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ވިޔަފާރިތަކަށް ޙަރަކާތްތެރި ވުމަށް ފަސޭހަތަކެއްވެސް ލިބިގެންދާނެ ކަމެކެވެ. މިއީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހާތަނަށް ސޮއިކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.