ޚަބަރު

ޞިއްޚީ މަސައްކަތްތެރިންނަށް ޑޮކްޓަރީ ބޭހުގެ މަޢުލޫމާތު ދިނުން


ކުޑަކުދިންގެ ޚާއްޞަ ބަލިތަކާއި، ޢާންމު ބަލިތަކަށް ރާއްޖޭގައި ބޭނުންކުރާ ޑޮކްޓަރީ ބޭހުގެ މަޢުލޫމާތު، ޞިއްޚީ މަސައްކަތްތެރިންނަށް ދިނުމުގެ ސެމިނާރެއް މާލޭގައި ބާއްވައިފިއެވެ.

"ޑައެލް ޓްރޭޑް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް" އާއި ކެމިކަލް ކޮމްޕެނީ އޮފް މެލޭޝިޔާ ގުޅިގެން ރޭ ހޮޓެލް ޖެންގައި ބޭއްވި މި ސެމިނާގައި މައުލޫމާތު ދީފައިވަނީ، މެލޭޝިޔާގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ. މިސެމިނާގައި މައިގަނޑު ގޮތެއްގައި ދިނީ ކުޑަކުދިންގެ ބަލިތަކާއި، ޢާންމު ބަލިތަކުގެ ބޭހުގެ މަޢުލޫމާތު ޑޮކްޓަރުންނާއި ޙިއްޞާކޮށް މިކަމުގައި ޑޮކްޓަރުންނާއި، ޞިއްޙީ ޚިދުމަތްތެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ޙިއްޞާކޮށް އެކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނެވެ. މި ސެމިނަރގައި މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ފާމަސިސްޓުން ހިމެނޭ ގޮތުން 50 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޑައެލް ޓްރޭޑް އެންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމް ކުރައްވައިގެން އަހަރަކު ދެފަހަރު މީގެ ސެމިނަރތައް ބާއްވަމުން އަންނައިރު، މީ މިސެމިނަރ ބޭއްވި 3 ވަނަ ފަހަރެވެ. އެ ކުންފުނިން ބުނީ، މިސެމިނަރއަށް ހޮސްޕިޓަލް ތަކުންނާއި، ބޭސްފިހާރަތަކުން ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، އަހަރަކު 2 ފަހަރު ބާއްވާ މި ސެމިނަރ މިއަހަރު ފަހުކޮޅުގައިވެސް ބާއްވާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.