ޚަބަރު

އިންޑިޔާގައި ފެންބޮޑުވި ސަރަހައްދުގައިތިބި ދިވެހިންނަށް އެހީވަނީ


އިންޑިއާގެ ތިރުވަނަންތަޕޫރަމަށް  މިހާރު ކުރަމުންދާ ވިއްސާރާއިގައި ދިވެހިން ދިރިއުޅޭ ގެއެއް ހިމެނޭ ގޯޅިއެއްގައި ފެންބޮޑުވުމާ ގުޅިގެން އެގޭގައި ތިބި މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށްފިއެވެ.

tw:https://twitter.com/aliadam1978/status/733583402528432128

ފެން ބޮޑުވީ، ކޮސްމޯޕޮލިޓަން ހޮސްޕިޓަލް ސަރަޙައްދުގެ ގޯޅިއެއްގައި ކަމަށާއި، އެގޯޅީގައި ހުރި ދިވެހިން ދިރިއުޅޭ ގޭގައި ތިބި 10 މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވަނީ، ތިރުވަނަންތަޕޫރަމްގައި ހުންނަ ކޮންސުލޭޓްގެ އެހީތެރިކަމާއެކުގައެވެ.

tw:https://twitter.com/MDVDelhighcom/status/733543543558393856

އެއަވަށުގައި ހުރި ދިވެހިރާއްޖޭގެ ކޮންސުލޭޓުން ވިދާޅުވީ، ތިރުވަނަންތަޕޫރަމަށް ކުރަމުންދާ ވިއްސާރައިގައި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން، ކޮންސުލޭޓްގެ ހޮޓްލައިން 00919847702554

އާ ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

tw:https://twitter.com/MDVDelhighcom/status/699541973363896320

އިންޑިއާގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެރަލާގެ ބައެއް ސަރަޙައްދުތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިހާރުވެސް ތިރުވަނަންތަޕޫރަމަށް ދަނީ ބޯކޮށްވާރޭވެހެމުންނެވެ.