ވިޔަފާރި

އޯއައިސީ ފެއަރގައި މިފްކޯއިން ބައިވެރިވެއްޖެ


އޯއައިސީ ފެއަރގައި މިފްކޯއިން ބައިވެރިވެ އެކުންފުނީގެ އުފެއްދުންތައް ދައްކާލައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކަންޓްރީޒް އިން އިންތިޒާމްކޮށްގެން ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއަރ ފަށާފައިވަނީ އިއްޔެއެވެ.

މި ފެއަރއަށް އިސްލާމީ ޤައުމުތަކުގެ ގިނަޔަބަކު ޒިޔާރަތް ކުރާއިރު، މިއީ އެ ޤައުމުތަކުގެ މާކެޓަށް ވަނުމަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެއްކަމަށް މިފްކޯއިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން 2014 ވަނަ އަހަރު ތަޢާރަފްކުރެއްވި ހަލާލް ސެޓްފިކެޓް މިފްކޯގެ އުފެއްދުންތަކަށް ލިބިފައިވުމަކީ ސަޢޫދީ އަރަބިއްޔާއާއި އެސަހަރައްދުގެ އިތުރު މާކެޓްތަކަށް ވަނުމަށް ފަސޭހަ ވެގެންދާނެކަމަށް ކަމަށް މިފްކޯއިން ބުނެއެވެ. މި ފެއަރގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް މެދުއިރުމަތީގެ މާކެޓް ހުޅުވިގެންދާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.