ޚަބަރު

ސޫދާންގައި ހުންނަވާ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކުރައްވައިފި


  • ސަރުކާރުން ވަނީ ހަރުކަށި ޢިބާރާތުން އެ ހަމަލާ ކުށްވެރި ކުރައްވާފައި

ސޫދާންގައި ހުންނަވާ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ދިވެހި ޚާރިޖީއްޔާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި އެއީ ވިއެނާ ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާއިވެސް ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކުަން ޑިޕްލޮމެޓިކް ތަންތަނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ރައްޔިތުންނާއެކުގައި ކަމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.