ޚަބަރު

އުސްފަސްގަނޑާއި ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮތްވާ ފެނުނީ ނޫސްވެރިއެއް!


  • މަރުވެފައި އޮތްވާ ފެނުނީ އިބްރާހިމް ޖައުހަރީ

މާލޭގެ އުސްފަސްގަނޑު ސަރަޙައްދާ ދިމާލުން ކަނޑުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ހ.ވެލަސްފަރުގޭ، އުމުރުން 62 އަހަރުގެ އިބްރާހިމް ޖައުހަރީކަމަށެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ މީހެކެވެ.

އޭނާގެ ހަށިގަނޑު އައިޖިއެމްއެޗްއަށް ގެންގޮސްފައިވާއިރު، އައިޖީއެމްއާއި ހަމަވާލާދީ ފުލުހުން ވިދާޅުވީ، އެ މިހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

އުސްފަސްގަނޑު ސަރަޙައްދުން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 17:06ގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ..