ޚަބަރު

ރައީސްގެ ހަމްދަރުދީގެ މެސެޖެއް ނޭޕާލްގެ ބޮޑުވަޒީރަށް!


  • ނޭޕާލްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައި

ނޭޕާލްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފިއެވެ.

ނޭޕާލްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގައި އެތައް ބަޔަކު މަރުވެ، އަދި ބައެއް މީހުން ވަނީ ގެއްލިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރަށް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ދުއާ އަކީ ގެއްލުނު މީހުން އަވަހަށް ފެނި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ލިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ މި ދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ނޭޕާލް ރައްޔިތުންނާއެކުކަމަށެވެ..