ޚަބަރު

ބްރޯޑްކޮމްގެ ރައީސާއި އިތުރު މެންބަރެއްގެ ދައުރު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ބްރޯޑްކޮމް މެންބަރު ކަމުގެ ދައުރުގެ މުއްދަތަކީ 5 އަހަރު

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އިތުރު މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް، ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހުޅުވާލި އިއުލާނުގައިވަނީ އެކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ ދައުރު ހަމަވާތީ އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ބްރޯޑްކާސްޓިން ކޮމިޝަނުން ދައުރު ހަމަވަނީ އެކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެއެވެ. މަރިޔަމް ވަހީދާއާއި އަލީ ޔޫސުފް ކޮމިޝަނަށް އައްޔަންކޮށްފައިވަނީ 5 ޑިސެމްބަރު 2019ގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރުކަމުން މަރިޔަމް ވަހީދާއާއި އަލީ ޔޫސުފްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހަށް ހަމަވާނެއެވެ.