ޚަބަރު

މާލޭގެ 6 ސަރަހައްދެއްގައި ޕަންޕު ޖަހައިގެން ފެން ހިންދަން ފަށައިފި


  • ފެން ހިންދުމުގެ މަސައްކަތުގައި 12 ޕަމްޕެއް ދަނީ ބޭނުންކުރަމުން

މާލޭގެ 6 ސަރަހައްދެއްގައި ޕަންޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން މޭޖަރ ހަނާ ވިދާޅުވީ، މިހާރު މާލޭގެ 6 ސަރަހައްދެއްގައި ޕަންޕް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ ސަރަހައްދުތަކަކީ އައިޖީއެމްއެޗް، ވެސްޓްޕާކް، މާފަންނު ފެރީ ޓާމިނަލް، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ކައިރިއެވެ.

ހަނާ ވިދާޅުވީ މިރޭ 23:00އާ ހަމައަށް މާލެއިން 2000 އަށްވުރެ ގިނަ ޓަނުގެ ފެން ހިއްކާފައިވާކަމަށެވެ.

"ޖުމްލަ 12 ޕަންޕް ޖައްސައިގެން މި މަސައްކަތް ކުރަނީ. މިއަދުގެ 23:00 އާއި ހިސާބަށް 2165 ޓަނުގެ ފެން ހިއްކިފައިވޭ އެބަ މުޅި މާލޭގައި." ހަނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ކ. ހުރައާއި ކ. ގުރައިދޫގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތްކުރުމަށް ސިފައިންގެ ޓީމެއް އެ 2 ރަށަށް ގޮސްފައިވާކަމަށެވެ.