މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިރޭ 12:00 ޖަހަންދެން ނެރެފައިވާ އޮރެންޖު އިންޒާރު 3 ގަޑިއިރަށް އިތުރުކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާތީ އޮރެންޖް އިންޒާރު ދަންވަރު 3:00 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.
އޮރެންޓް އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މެޓް އޮފީހުން ވިދާޅުވީ އިންޒާރު އިތުރުކޮށްފައިވަނީ ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވަނީ ވިދާޅުވެފައެވެ.