ޚަބަރު

ސައުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 10 ޓަނު ކަދުރު ހަދިޔާކޮށްފި


  • ކަދުރު ހަވާލުކުރެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން 10 ޓަނުގެ ކަދުރު ހަދިޔާކޮށްދެއްވީތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ވުޒާރާއަށް ޝުކުރު އަދާ ކުރައްވާފައެވެ.