މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަނުން ވިދާޅުވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިއަދު އެމަޤާމުން ވަކިކުރައްވާފައިވާކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަޤާމަށް ޑރ. ވިޓާލީ އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާއަކީ ޔޫކްރެއިނަށް އުފަން ބޭފުޅެކެވެ. އޭނާ އަކީ މިފްކޯއަށް އައްޔަންކުރެއްވި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.