ރަމަޟާންމަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒު ހިމެނޭހެން ޖުމްލަ 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދުކުރުން ކުރިއަށްގެންދާނެކަމަށެވެ. ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ 6 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 4 މިސްކިތެއްގައެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުލްމަލިކި ސަލްމާން
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
މަސްޖިދުލްފުރްޤާން
މަސްޖިދުއްނޫރު
މަސްޖިދުއްޝަހީދު ޢަލީ
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
ވަގުތީމިސްކިތް (ބޮޑުގެ)
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
މަސްޖިދު ޢަފީފުއްދީން
މާފަންނު އާމިސްކިތް
މަސްޖިދުއްޛިކްރާ
މަސްޖިދުލްބިއްރި
މަސްޖިދުއްސަލާމް
މަސްޖިދުލްއިޚްލާސް
މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) - ހުޅުމާލެ ފޭސް 1
މަސްޖިދު ރަޝީދު - ހުޅުމާލެ ފޭސް 1
މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ ފޭސް 1
މަސްޖިދުލްއަޞްދިޤާ - ހުޅުމާލެ ފޭސް 1
މަސްޖިދުލްވާލިދައިނި - ހުޅުމާލެ ފޭސް 1
މަސްޖިދު މުޙައްމަދު - ހުޅުމާލެ ފޭސް 1
މަސްޖިދު ޙަސަން ޢާދަމް - ހުޅުމާލެ ފޭސް 2
މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ ފޭސް 2
މަސްޖިދު އަބީބަކުރިނިއްޞިއްދީޤް - ހުޅުމާލެ ފޭސް 2
މަސްޖިދު ޢުޘްމާނު ބިން ޢައްފާން - ހުޅުމާލެ ފޭސް 2
ދަމުނަމާދު ކުރާ މިސްކިތްތަކުގެ ތެރެއިން ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ. އަދި ސަލްމާނު މިސްކިތުގައި ދަމުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.
ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަމުނަމާދުކުރެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 02:00އިން ފެށިގެންނެވެ.
ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭގެ 23 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. އެއީ މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތެކެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުލްމަލިކި ސަލްމާން
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް)
މަސްޖިދުލްފުރްޤާން
މަސްޖިދުއްނޫރު
މަސްޖިދުއްޝަހީދު ޢަލީ
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް)
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) - ހުޅުމާލެ ފޭސް 1
މަސްޖިދު ރަޝީދު - ހުޅުމާލެ ފޭސް 1
މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ ފޭސް 1
މަސްޖިދުލްއަޞްދިޤާ - ހުޅުމާލެ ފޭސް 1
މަސްޖިދު މުޙައްމަދު - ހުޅުމާލެ ފޭސް 1
މަސްޖިދު ޙަސަން ޢާދަމް - ހުޅުމާލެ ފޭސް 2
މަސްޖިދު އަމީލް ޖަލީލް - ހުޅުމާލެ ފޭސް 2
ރަމަޟާންމަހުގެ ފަހު ދިހައެއްގައި މިސްކިތުގައި އިޢުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތަކަށްވުމުން ގިނަ ބަޔަކު ކޮންމެ އަހަރަކުވެސް އިޢުތިކާފުކުރަމުންދެއެވެ. ޢިއުތިކާފް ކުރާނެގޮތަކީ ރޯދަމަހުގެ 20 ވަނަދުވަހު އިރު އޮއްސުމުގެކުރިން މިސްކިތަށް ވަދެ އިޢުތިކާފުގެ ނިޔަތްގަނެ ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރާނީއެވެ.
އިޢްތިކާފަށް އިނުމަށް ނިޔަތް ގަތްމީހާ ޝައްވާލުމަހުގެ ހަނދުފެނުމުގެ ކުރިން ފާޚަނާކުރުމާއި ކެއުން ބުއިންފަދަ ޒަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ޙާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިޢުތިކާފު ބާޠިލުވެއެވެ.